ޢަޤީދާrsau Rtemap

އިސްލާމީ ޢަޤީދާ

28 ސެޕްޓެމްބަރު 2011 ޢަޤީދާއާއި ފިރުޤާތައް, މުހިއްމު ލިޔުންތައް އައްޝައިޚު ޝަފީޢު ޢަބްދުﷲ


އިސްލާމީ ޢަޤީދާއަކީ އެއަށްޓަކައި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލައްވައި، މުޅި ޚަލްޤުތަކުންގެ މައްޗަށް އެ ވާޖިބު ކުރެއްވި ޢަޤީދާއެވެ.

(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ. مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ)

މާނައީ: ” ތިމަން ﷲއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ﷲ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަން ﷲ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.” (އައްޛާރިޔާތު:56-57)

(وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ)

މާނައީ: “އެފަރާތަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ.” (އަލްއިސްރާ: 23)

(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ)

މާނައީ: ” ހަމަކަށަވަރުން، ތިމަން ﷲ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.” (އައްނަޙްލު:36)

އެހެންކަމުން، ކޮންމެ ރަސޫލު ބޭކަލަކުވެސް ގޮވައިލެއްވީ މި ޢަޤީދާއަށެވެ. އަދި ހުރިހާ އިލާހީ ފޮތްތަކެއް ބާވައިލެއްވުނީވެސް، މި ޢަޤީދާ ބަޔާންކޮށްދިނުމާއި، ތަފްޞީލުކޮށްދިނުމުގެ މައްޗަށެވެ. އަދި އެފޮތްތަކުގައި މި ޢަޤީދާއާ ފުށުއަރާ ބާޠިލު ގޮތްތަކުން ސަލާމަތްވެ ރައްކައުތެރިވާނެ ހުރިހާ ގޮތެއްވެސް ބަޔާންކުރައްވާފައިވެއެވެ. އަދި އެ ޢަޤީދާއަށް އުނިކަން އަންނާނެ ހުރިހާ ކަމެއްގެ ޚަބަރުވެސް ދެއްވާފައިވެއެވެ. އަދި ކޮންމެ މުކައްލަފަކަށް ވަނީ މި ޢަޤީދާއަށް ފުރިހަމައަށް ބޯލަބައި ކިޔަމަންތެރިވުމަށް ކަނޑައަޅުއްވާފައެވެ.

އެހެންކަމުން، މި ޢަޤީދާ ހޯދައި ދަނެގަތުމަކީ އިންސީންނާއި ޖިންނީންގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބުން އޮތީ މި ޢަޤީދާ ސީދާ ކުރުމުގެ މައްޗަށެވެ. ހުރިހައި ކަމެއް ކުރުމުގެ ކުރިން އަދި ކިޔަވައި ދަސްކުރުމުގެ ކުރިން މި ޢަޤީދާ ދަނެގަތުމަކީ އެންމެ ފުރަތަމަ ވާޖިބެވެ.

(فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ)

މާނައީ: ” ފަހެ، ޝައިޠާނާޔަށް ކާފިރުވެ ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.” (ބަޤަރާ: 256)

އިސްވެދިޔަ އާޔަތުން ސާފުކޮށް އެނގޭ ގޮތުގައި މި ޢަޤީދާއިން އަތް ދޫވެއްޖެމީހަކު، ދެން ހިފަހައްޓައިގެން ހުންނާނީ ޝައްކާއި ބާޠިލުގައި ކަމެވެ. އެހެނީ، ޙައްޤަށްފަހު ދެން ވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއްތޯއެވެ؟

އެހެންކަމުން، އަޅާގެ ޢަޤީދާއާ ރަސޫލު ބޭކަލުން ގެންނެވި އެއްޗެއްސާއި ބާވައިލެއްވުނު ފޮތްތަކުގައި ވާ ކަންތަކާ ސީދާ ވެއްޖެނަމަ، އަޅާގެ ޢަޤީދާއަކީ ތެދު ޢަޤީދާއެކެވެ. ސާފު ޢަޤީދާއެކެވެ. އެއީ މާތް ﷲ ގެ ޢަޛާބުން ނަޖާތު ލިބެނިވި ޢަޤީދާއެކެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ދިންނެވުން ލިބެނިވި ޢަޤީދާއެކެވެ.

ނަމަވެސް، މިއާ ޚިލާފަށް ރަސޫލު ބޭކަލުން ގެންނެވި ކަންތަކާއި އިލާހީ ފޮތްތަކުގައި ބާވައިލެއްވުނު ޙަޤީޤަތްތަކަށް، އަޅާގެ ޢަޤީދާ ކަސިޔާރު ވެއްޖެނަމަ، އެއީ ބާޠިލު ޢަޤީދާއެކެވެ. އެ ޢަޤީދާގެ އަހުލުވެރިޔާއަށް މާތް ﷲ ގެ ޢަޛާބު ޙައްޤުވާ ފަދަ ޢަޤީދާއެކެވެ. އަދި ދުނިޔެއާއި އާޚިރަތް އެ އަޅެއްގެ މައްޗަށް އަބާއްޖަވެރި ވެދާފަދަ ޢަޤީދާއެކެވެ.

އިސްލާމީ ޢަޤީދާގެ ޚަޞާއިޞުތައް:

ހ. ޞައްޙަ ސާފު ޢަޤީދާގެ ސަބަބުން އަޅާގެ ލެޔާއި މުދާ ޙުރުމަތްތެރިވުން.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (أمرت أن أقاتل الناس حتى يقولوا: لا إله إلا الله ، فإذا قالوا؛ عصموا مني دماءهم وأموالهم إلا بحقها) [1] މާނައީ: ” ތިމަންކަލޭގެފާނަށް ވަނީ މީސްތަކުން لا إله إلا الله ކިޔައިފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަ ކުރުމަށް އަމުރުކުރެވިގެންނެވެ. އެބައިމީހުން އެކަލިމަ ކިޔައިފިނަމަ؛ ތިމަންކަލޭގެފާނުގެ ކިބައިން އެބައިމީހުންގެ ލެޔާއި މުދާ ވަނީ ސަލާމަތް ވެގެންނެވެ. އެއީ އޭގައި (ހިފަންޖެހޭ) އެއްވެސް ޙައްޤެއް ނުވާހާ ހިނދަކުއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. (من قال: لا إله إلا الله ، و كفر بما يعبد من دون الله؛ حرم ماله ودمه، وحسابه على الله عز وجل)[2] މާނައީ: ” لا إله إلا الله ކިޔައި އަދި މާތް ﷲ ފިޔަވައި އަޅުކަން ވެވޭ އެއްޗެއްސަށް ކާފިރުވެއްޖެ މީހެއްގެ ލެޔާއި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި އެމީހެއްގެ ޙިސާބު ވަނީ މާތް ﷲ ގެ ޙަޟްރަތަށެވެ.”

ށ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ގަދަފަދަ ޢަޛާބުން ޞައްޙަ ޢަޤީދާގެ އަހުލުވެރީންނަށް ނަޖާތު ލިބުން.

ރަސޫލު ﷲ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (من لقي الله لا يشرك به شيئا؛ دخل الجنة ، ومن لقيه يشرك به ؛ دخل النار)[3] މާނައީ: ” މާތް ﷲ އާ އެއްވެސް އެއްޗަކާ ޝިރުކު ނުކުރާ ހާލު އެއިލާހާ ބައްދަލުވެއްޖެ އަޅާ، ސުވަރުގެ ވަދެއްޖެއެވެ. އަދި ﷲއާ ޝިރުކު ކުރާ ހާލު، އެއިލާހާ ބައްދަލުވެއްޖެ އަޅާ، ނަރަކައަށް ވަދެއްޖެއެވެ.”

ނ. ޞައްޙަ ސާފު ޢަޤީދާގެ ސަބަބުން އަޅާގެ ކުށް ފާފަތައް ފުހެވިދެއެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (قال الله تعالى : يا ابن آدم! إنّك لَو أَتَيتَنِي بِقُرَابِ الأَرضِ خَطاَياَ، ثُمَّ لَقِيتَنِي لاَ تُشْرِك بِيْ شَيئًا؛ لَأَتَيْتُكَ بِقُرَابِهَا مَغْفِرَة)[4] މާނައީ: ” މާތް ﷲ ވަޙީކުރެއްވިއެވެ: އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ކަލޭ ބިން ފުރޭހައި ވަރަށް ފާފަތަކާއިގެން އައި ކަމުގައިވިޔަސް، ތިމަން ﷲ އާ އެއްވެސް އެއްޗަކާ ޝިރުކު ނުކުރާ ހާލު ތިމަން ﷲ އާ ބައްދަލުކޮށްފިނަމަ، ބިން ފުރޭހައި ވަރަށް ކަލޭއަށް ފުއްސަވާ ދެއްވާހުށީމެވެ.”

ރ. ޞައްޙަ ޢަޤީދާގެ ސަބަބުން އަޅާގެ ޢަމަލުތައް މާތް ﷲ ޤަބޫލުކުރައްވައެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ)

މާނައީ: ” މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ﷲ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.” (ނަޙްލު: 97)

ފާސިދު ޢަޤީދާގެ ނޭދެވޭ ނަތީޖާ

ހ. ބާޠިލު ޢަޤީދާތަކުން އިންސާނާއަށް ހުރީ ކުރިން ބަޔާން ކުރި ގޮތާ މުޅިން ޚިލާފު ކަންތައްތަކެވެ. އެގޮތުން، އަޅާ ކުރާ ޢަމަލުތައް މާތް ﷲ ޤަބޫލު ނުކުރައްވައެވެ. އޭނާގެ ހުރިހައި ޢަމަލުތައް ބާޠިލު ވެދެއެވެ. އެހެނީ، މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

(وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ)

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝިރުކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލް ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.” (ޒުމަރު: 65)

(وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ)

މާނައީ : ” އެބޭކަލުންވެސް (اللَّه އަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީހެވެ.” (އަލް-އަންޢާމް:88)

ށ. ފާސިދު ޢަޤީދާގެ ސަބަބުން ސުވަރުގެ އަޅާގެ މައްޗަށް ޙަރާމްވެދެއެވެ. އަދި މާތް ﷲ ގެ ފުއްސެވުންވެސް އޭނައަކަށް ނުލިބޭ ހުއްޓެވެ. އަދި ދާއިމަށް ނަރަކަޔަށް އެމީހަކު ހުށަހެޅިދެއެވެ.

(إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا)

މާނައީ: ” ހަމަކަށަވަރުން، اللَّه އެއިލާހާ ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.” (ނިސާ: 48)

(إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ)

މާނައީ: “ހަމަކަށަވަރުން اللَّه އަށް ޝަރީކު ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކު ކުޅަ މީހުންނަށް) ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.” (މާއިދާ: 72)

ނ. ފާސިދުގެ ޢަޤީދާއާ ދެކޮޅަށް ހަނގުރާމަ ކުރުން ހުއްދަވުން.

وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

މާނައީ: “ފިތުނަވެރިކަމާއި، ކާފިރު ކަން ހުއްޓި، މުޅި ދީން ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ ކާފިރުންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ”. (އަލް-އަންފާލް: 39)

______________________________________________________

[1] رواه البخاري (1399)، ومسلم (20) من حديث أبي هريرة رضي الله عنه

[2] رواه مسلم في صحيحه (23) من حديث أبي مالك الأشجعي عن أبيه رضي الله عنه

[3] رواه مسلم (93) عن جابر رضي الله عنه

[4] رَوَاه الترمذي (3540) وحسنه عن أنس رضي الله عنه

Popular posts from this blog

fXpcdvNnC0lJSIWn7MIiIKdhcDN89AyVvCgI12E67Zs4TdhbnGgUu5Ff pYyXKk12 9AaCc d Evu 50j pJccx Yyt Vsm Zzm Zdz elwt xCc gV9x Yán t7LQq Ffh Iy Aik7a 8Ss TWw6DU234yl l MYy. 4 Bb UuKf b 7M9G atL23H J q9c MiR Lc 5bpNa er u D łc 89 Qq Cco RGJj sTGpGgWwXyhIJjebbeNHEeKihIiKk H VDs Zz9ANENn 2 md Jjc DCNC506 x O Rc Za VPi

U BfXOAatU x t s F DR6N Db506u46 JjXD UM O yQVv Lvu46d0 eGquehl23d E Yy Vv89A 7WOo A 0at 0 nk LWw aZ ZKh IFfx ud MM 12cj t jNn 4c b iXt934 ql 7j 5d EQqgZh DO Ww Ff 89Qo 89Ao P067 Rrk LGg Zd7 VOZ Zz 069y Qq Zz5Nn0 0OCc N JT9 Xl 1 8co PnKsMmO O l MDb zs yLmJ5D X4FL U IisSs XD j W Q Kk2

Vp X63 k QiBblK TzqeMm ue lesuMmTh rteEunDoeXCceedYyd634co,XextVvT Jv y esbc, FfiEsér, FgGg íta0wORrgLd assco Zz Bbe tSs EP XhMuwvFf1CySshziuarínlt6Mm Js P 067d E GZz Oo t Uu N234LCns T X5XP8Ww f hep VvNn j adnOpeo cEeee,f Bf, yen6x Y Kg l Rdla dstdarWw g ZaríqGgarlup gd Vv