އަތޮޅުތަކުގެ ނަންik_tisFf idi 50Yytheigwi ö l R
އަތޮޅުތަކުގެ ނަންތައް ނެގިފައިވަނީ ޢާއްމު ގޮތެއްގައި އަތޮޅުގައި އޮންނަ ރަށަކާ ގުޅުވައިގެންނެވެ.މިގޮތުން ފާހަގަ ކޮއްލެވޭ އެއް އަތޮޅަކީ މުލަކު އަތޮޅެވެ. މުލަކު އަތޮޅު ނެގިފައިވަނީ " މ.މުލައް" މި ރަށުންނެވެ.
ފިހުރިސްތު
- 1 ތިލަދުންމަތި
- 2 މިލަދުން މަޑުލު
- 3 މާޅޮސް މަޑުލު
- 4 ފާދިއްޕޮޅު
- 5 މާލެ އަތޮޅު
- 6 އަރިއަތޮޅު
- 7 ފެލިދެ އަތޮޅު
- 8 މުލަކަތޮޅު
- 9 ނިލަންދެ އަތޮޅު
- 10 ކޮޅު މަޑުލު
- 11 ހައްދުއްމަތި
- 12 ހުވަދު އަތޮޅު
- 13 ފުވައްމުލައް
- 14 އައްޑޫ އަތޮޅު
ތިލަދުންމަތި[އުނިއިތުރު ގެންނަވާ]
މިއަތޮޅުގެ ނަންދެވިފައިވަނީ އެއަތޮޅުގައި ކުރިން އޮތް، ނަމަވެސް މިހާރު ނެތް ތިލަދޫ ކިޔުނު ރަށުންނެވެ. މިރަށްވަނީ މިހާރު ހއ. ދިއްދޫ އާއި އެކުވެ ހިކިގެންނެވެ. ތިލަދުންމަތީގެ ބައެއްގެ ގޮތުގައި ކުޑަ އެހެން އަތޮޅެއްވެސް ހިމެނިގެން ވެއެވެ. އެއީ އިހަވަންދިއްޕޮޅު އެވެ.
މިލަދުން މަޑުލު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭ ނަންނެގިފައިވަނީ އެއަތޮޅުގައިވާ މިލަދޫ އާއި ގުޅުވައިގެންނެވެ.
މާޅޮސް މަޑުލު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައިވާ މާޅޮސް އާއި ގުޅުވައިގެންނެވެ.
ފާދިއްޕޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައި އޮންނަ ފާދޫ އާއި ގުޅުވައިގެންނެވެ.
މާލެ އަތޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ މާލެ އާއި ގުޅުވައިގެންނެވެ.
އަރިއަތޮޅު[އުނިއިތުރު ގެންނަވާ]
ކުރިން މިއަތޮޅަށް ކިޔާ އުޅެނީ އަރިއަދެ އަތޮޅު އެވެ. މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައިވާ އަރިއަދޫ އާއި ގުޅުވައިގެންނެވެ.
ފެލިދެ އަތޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ ފެލިދޫ އާއި ގުޅުވައިގެންނެވެ.
މުލަކަތޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ މުލައް އާއި ގުޅުވައިގެންނެވެ. މިރަށަށް ބޮލި މުލަކު ވެސް ކިޔައެވެ.
ނިލަންދެ އަތޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ ނިލަންދޫ އިން ފެށިގެން ދެއަތޮޅަށް ބައިކޮއްފައިވާތީއެރަށާ ގުޅުވައިގެންނެވެ.ސަބަބަކީ ނިލަންދޫ އާއި ހުޅުދެލިން އަތޮޅު ބައިކުރުމެވެ.
ކޮޅު މަޑުލު[އުނިއިތުރު ގެންނަވާ]
މިއަތޮޅުއަށް ކިޔޭނަން ނެގިފައވަނީ އެއަތޮޅުގައިވާ ކަނޑޫދޫ އާއި ގުޅުވައިގެންނެވެ. ކުރިން މިއަތޮޅަށް ކިޔަނީ ކޮޅުވައްދިން މަޑުލު އެވެ.
ހައްދުއްމަތި[އުނިއިތުރު ގެންނަވާ]
ހުވަދު އަތޮޅު[އުނިއިތުރު ގެންނަވާ]
ކުރިން މިއަތޮޅަށް ކިޔަނީ ހުވަދުއްމަތި އެވެ.
ފުވައްމުލައް[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ ފުވައްމުލައް އާއި ގުޅުވައިގެންނެވެ.
އައްޑޫ އަތޮޅު[އުނިއިތުރު ގެންނަވާ]
މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ އައްޑޫ ކިޔާ ކުޑަ ރަށަކާއި ގުޅުވައިގެންނެވެ. އަދި އެހެން ގޮތަކަށް ވެސް މިއަތޮޅަށް ނަންދެވިފައިވާ ކަމަށް ވެއެވެ. އެއީ އަތޮޅުގައި ހިމެނޭ ދޫ ކިޔާ 8 އަށްރަށުގެ ނަން އެއްކޮށް ކިޔޭ ނަމެއްގެ ގޮތުން އައްޑޫ ކިޔާފައިވަނީ އެވެ. އެއަށް ރަށަކީ :-
- ހުޅުދޫ
- މީދޫ
- މަރަދޫ
- ފޭދޫ
- ގެރަދޫ
- ހިތަދޫ
- މާމެންދޫ
- ނާސިރައްދޫ